ރޭ ދަންވަރު 3:30 ހާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭ ދަންވަރު ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ، ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅުމުގެ ތެރޭގައި، ނެޓްވޯކް ފީޑާގެ ބައެއް އޮފްވެގެން ކަމަށެވެ.
ދަންވަރު 3:20 ހާއިރު ކަރަންޓު ކެނޑުމަށްފަހު އެ ސަރަހައްދަށް ކަރަންޓު ދެވިފައިވަނީ ފަތިހު 4:56ގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަމުން ގެންދިޔުމަށް އެ ކުންފުނިން އެދޭ ކަމަށް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނު ސަބަބު ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ