އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި ވަނީ އީރާނުގެ ސައުތު ޕާރްސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ. މި ތަނަކީ އެ ސަރަހައްދުގެ ގައުމުތަކުން ހިއްސާވާ ގުދުރަތީ ގޭސް ދަނޑުތަކެއްކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ހަކަތަ އުފައްދާ އިންފްރާސްޓްރަކްޗަރތަކަށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޚާރިޖީ ވުޒާރާއިން ވަނީ ސިފަކުރައްވާފައެވެ.
ހަމައެއާއެކު، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި ކުވެއިތުގެ ވިޔަފާރި މަރުކަޒުތަކަށާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތައްވެސް ދިވެހިރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. މިފަދަ މުހިންމު ބިނާތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އިތުރު ބުރޫއަރައި، ތެޔޮ އުފައްދާ މަރުކަޒުތަކާއި، ފެން އުފައްދާ ޕްލާންޓްތަކާއި އެއާޕޯޓްތައް ފަދަ މުހިންމު ތަންތަނުގެ ރައްކާތެރިކަން ގެއްލޭކަމަށް ވަނީ ވިދާޅުވެފައެވެ.
މި ސަރަހައްދަށް ސުލްހައާއި، ހަމަޖެހުމާއި، ރައްކާތެރިކަން ގެނައުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި، ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ