ނިއު ޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑުކުނަލެއް ބަހައްޓައިފި އެވެ.
ތަފްސީލް - އެ ތުނޑުކުނަލަކީ ރާއްޖެއިން އދ.ގެ މައި މަރުކަޒަށް ދިން ހަނދާނީ ހަދިޔާއެކެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އދ.ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ރައީސް މުހައްމަދު މުއިއްޒު 2024ގައި އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތެއްގައި، އެތަނުގައި ތުނޑުކުނަލެއް ބަހައްޓަން އޮތީ ނިންމަވައިފަ އެވެ.
މިއަދު އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތުނޑުކުނާ ބަހައްޓައިދެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ ކުނާ ފަރުމާކޮށް ވިޔުނީ، އެ މަސައްކަތުގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ގދ. ގައްދޫގެ މީހެކެވެ.
އެއީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އދ.ގެ މެމްބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ.ގެ މައި މަރުކަޒުގައި ދިވެހި ފަންނުވެރިކަން ދައްކާލަން ތައްޔާރުކުރި ކުނަލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އދ.ގެ މައި މަރުކަޒުގައި ދިވެހި ތުނޑުކުނަލެއް ބަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ