މެދުއިރުމަތީގައި މިހާރު ކުރަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ތެރޭގައި، އެމެރިކާ އާއި ޔަހޫދީންގެ އިތުރުން އީރާނުންވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމަށް ބެލެވޭކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށައި އީރާނުގެ އޭރުގެ ރޫޙީ ވެރިޔާ ހިމެނޭ ގޮތަށް އެ ޤައުމުގެ އިސް ބޭފުޅުންތަކެއް ވަނީ ޝަހީދުކޮށްލައިފައެވެ.
މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި، އީރާނުން ވެސް ދަނީ ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ މުޙިންމު ބިނާތަކުގެ އިތުރުން ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އީރާނުގެ 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނުރައްކާތެރި ޙަމަލާއާއެކު މި ހަނގުރާމަ ވަނީ މުޅީން އެހެން މިސްރާބަކަށް އެނބުރިފައެވެ.
މިގޮތުން، 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނުރައްކާތެރި ޙަމަލާގެ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ޤައުމުތަކުގެ ހަކަތައިގެ ބިނާރުތަކަށް އީރާނުން ދިން ޙަމަލާތަކުގެ ތެރެއިން ޤަތަރުގެ ގޭސް އުފައްދާ މައި މަރުކަޒަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.
އެ ޙަމަލާގެ ސަބަބުން އެ ޤައުމުގެ ދިޔާކޮށްފައިވާ ޤުދުރަތީ ގޭސް (އެލްއެންޖީ) ބޭރުކުރުމުގެ ޤާބިލުކަން ވަނީ 17 އިންސައްތައިން ދަށަށް ގޮސްފައެވެ. އޭގެ ސަބަބުން އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީއިން 20 ބިލިޔަން ޑޮލަރުގެ ގެއްލޭނެ ކަމަށް ބެލެވެއެވެ.
ޕޮލިޓިކޯ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ގުތެރޭޝް ވިދާޅުވީ، އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ދިން ޙަމަލަތަކާއި، ރައްދުގައި އީރާނުން ގަލްފުގެ ޤައުމުތަކުގެ ހަކަތައިގެ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށެވެ.
ދެ ފަރާތުން ވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ