އައްޑުއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި

އައްޑުއަށް ވައިގެ މަގުން ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.
ތަފްސީލު - ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން، 58، އެވެ.
މިދިޔަ އަންގާރަ ދުވަހު ކަސްޓަމްސްއިން އޭނާ ހިފެހެއްޓުމަށް ފަހު ފުލުހުންނާ ހަވާލުކުރުމުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އޭނާ އެތެރެކުރަން އުޅުނީ މަސްތުވާތަކެތީގެ ކޮން ބާވަތެއްކަމެއް ފުލުހުން ނުބުނެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ