ރޯދައަށް ހުންނައިރު ލޭގައި ހަކުރު ދަށްވުން: ރައްކާތެރިކަން ހޯދާނީ ކިހިނެއް؟

ހައިޕޯގްލައިސީމިއާ އަކީ ލޭގައި ގުލްކޯޒް ހުންނަންޖެހޭ މިންވަރަށް ވުރެ ދަށްވުމުން ދިމާވާ ހާލަތެކެވެ. އާންމުގޮތެއްގައި މި ހާލަތު މެދުވެރިވަނީ ލޭގައި ގުލްކޯޒުގެ މިންވަރު 70 mg/dL އަށްވުރެ ދަށްވުމުންނެވެ. މިއީ ރޯދައަށް ހުންނަ ވަގުތުތަކުގައި، ހަކުރުބަލި ހުންނަ މީހުންނަށާއި ލޭގައި ގުލްކޯޒު ހުންނަ މިންވަރަށް ބަދަލު އަންނަ ފަރާތްތަކަށް ކުރިމަތިވާ ނުރައްކާތެރި ހާލަތެކެވެ. ރޯދައަށް ހުންނައިރު ކާބޯތަކެތީގެ ޒަރީއާއިން ހަށިގަނޑަށް ގުލްކޯޒް ލިބުން މަދުވުމަކީ މިކަން މެދުވެރިވާ މައިގަނޑު ސަބަބު ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ.ސްޓެފީ ސިމްޕިނާނޯ ސޮލިން ވިދާޅުވެފައިވެއެވެ. ރޯދައަށް ހުންނަ ވަގުތު ބޯ އެނބުރުމާއި ގައިގެ ވަރުދެރަވާކަން އިހުސާސްކުރެވޭނަމަ ވަގުތުން ހަކަރު ބަލައި، ބޭނުންވެއްޖެ ހާލަތެއްގައި އެކަމަށް ފަރުވާ ހޯދަންވާނެ--ފޮޓޯ/އީއެމްސީ ހެލްތުކެއަ ގުލްކޯޒަކީ ހަށިގަނޑަށާއި ސިކުނޑިއަށް ބޭނުންވާ މައިގަނޑު ހަކަތަ ކަމަށްވާތީ، މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީ ރައްކާތެރިވާންޖެހޭ ކަމަށް ޑރ. ސްޓެފީ މި މައުޟޫއާ ގުޅޭގޮތުން ނެރުއްވި ލިޔުމެއްގައި ބަޔާންކުރައްވާފައިވެއެވެ. ލޭގައި ގުލްކޯޒު މާބޮޑަށް ދަށްވުމަކީ ފިިޓުޖެހުމާއި، ހޭނެތުމާއި، ކޯމާއަކަށް ދިއުން ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ރޯދައަށް ހުންނައިރު ހައިޕޯގްލައިސީމިއާ ކުރިމަތިވުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި: ބޯ އެނބުރުމާއި ބޮލުގައި ރިއްސުން ވަރުބަލިވެ ހަކަތަ ދަށްވުން ފިނި ދާހިއްލުން ލޯ ފުސްވުން ނުވަތަ ފެނުމަށް ބަދަލު އައުން އަތްފައި ތުރުތުރުލުން ނުވަތަ ފިޓުޖެހުން ވާނުވާ ނޭނގުން ނުވަތަ ވާހަކަދެއްކުމާއި ވިސްނުމަށް އުނދަގޫވުން މޭނުބައިކުރުމާއި ހިތުގެ ތެޅުން އަވަސްވުން އާދަޔާ ހިލާފަށް ބަނޑުހައިވުން. މޫޑަށް ބަދަލު އައުން (މިސާލަކަށް: ނުތަނަވަސްވުން، ހާސްވުން ނުވަތަ އަވަހަށް ރުޅިއައުން) ލޭގައި ގުލްކޯޒު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ސިއްހީގޮތުން ހަށިގަނޑަށް ފައިދާކުރާ ކެއުންތައް ކެއުމުގައި ހިމެނުން މުހިއްމު--ފޮޓޯ/ޕިންޓްރެސްޓް ރޯދައަށް ހުންނައިރު ހަކަރު ދަށްވިޔަނުދީ ހައިޕޯގްލައިސީމިއާއިން ރައްކާތެރިކަން ހޯދިދާނެ ގޮތްތަކުގެތެރޭ: ޑޮކްޓަރެއްގެ އިރުޝާދު ހޯދުންހަކުރުބަލި ނުވަތަ ލޭގެ ގުލްކޯޒަށް ބަދަލު އަންނަ ފަދަ ބައްޔެއް ހުންނަ ނަމަ، ރޯދަ ހިފުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. އޭރުން ރޯދައަށް ހުންނައިރު ބޭނުންކުރާނެ ބޭހުގެ މިންވަރާއި، ކެއުންބުއިން ބަހައްޓާނެ ގޮތުގެ ރައްކާތެރި ޕްލޭނެއް އެކުލަވާލުމަށް ޑޮކްޓަރު އެހީތެރިވެދޭނެއެވެ. ރޯދަ ހިފުމުގައި ސިއްހަތަށް ބެލުން:ތިމާގެ ސިއްހީ ހާލަތަށް ބަލައި ރޯދަ ހިފުމުގައި ލުއިގޮތްތައް ހިޔާރުކުރާށެވެ. ބަލިވެއުޅޭ ނަމަ، ނުވަތަ މާބޮޑަށް ފިއްތުންތަކާ ކުރިމަތިވެ ހަށިގަނޑު ބަލިކަށިވެފައިވާ ނަމަ ރޯދަ ހިފުމުގައި ސަމާލުވާންވާނެއެވެ. ރޯދަ ވީއްލާއިރު ސިއްހަތަށް ފައިދާހުރި ކާނާ އިހްތިޔާރުކުރުން:ލޭގައި ގުލްކޯޒު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި، ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ (މިސާލަކަށް: ހޯލްވީޓް ބްރެޑް، ރަތް ހަނޑޫ، އަލުވި އަދި ތަރުކާރީ) ބޭނުންކުރާށެވެ. ފޮނިކާތަކެއްޗާއި ހަކުރުގެ މާއްދާ ގިނަ ބުއިންތަކާ ދުރުހެލިވާށެވެ. އެކަށީގެންވާ މިންވަރަށް ފެން ބުއިން:ރޯދަ ވީއްލުމަށްފަހު ގިނައިން ފެން ބުއިމަކީ ހަށިގަނޑުން ފެންމަދުވުން (ޑީހައިޑްރޭޝަން) ހުއްޓުވައި، ލޭގެ ގުލްކޯޒު ހަމަހަމަކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ގަވާއިދުން ހަކަރު ޗެކްކުރުން:ރޯދައަށް ހުންނައިރު ގަވާއިދުން ބްލަޑް ޝުގަ ބަލަމުން ގެންދާށެވެ. ހަށިގަނޑަށް އުނދަގުލެއްވާ ނަމަ ނުވަތަ ހަކަރު ދަށްވާކަމުގެ އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން ހަކަރު ބަލައި، ބޭނުންވެއްޖެ ހާލަތެއްގައި އެކަމަށް ފަރުވާ ހޯދަންވާނެއެވެ. ބުރަ މަސައްކަތާއި ކަސްރަތުން ދުރުހެލިވުން: ރޯދައަށް ހުންނަ ވަގުތު މާ ބުރަ ކަސްރަތުތައް ކުރުމުން ލޭގެ ހަކުރު މާ އަވަހަށް ދަށްވެދާނެއެވެ. އެހެންކަމުން، ކަސްރަތު ކުރުމަށް އެންމެ ރަނގަޅީ ރޯދަ ވީއްލުމަށްފަހު ނުވަތަ ތަރާވީސް ނިންމާފައެވެ. މިއީ ރޯދައަށް ހުންނައިރު ހަކުރު ދަށްވުމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ. ތިމާގެ ކިބައިން ނުވަތަ ގާތް މީހެއްގެ ކިބައިން މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ.ސްޓެފީ ސިމްޕިނާނޯ ސޮލިންގެ ލިޔުމުގައި ވަނީ އިރުޝާދު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ