އުރީދޫ ‘ހިނގާ’ އޭޓީވީ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހަސަން ނިޝާން! ފިތުރު އީދުގެ 3 ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ އޭއޯ ރޯދައިގެ ބަދިގެ: ޗޮކްލެޓް ބޯލްސް އެލައިޑުގެ އާ ގިވްއަވޭ: އިންސްޓަގްރާމުގައި އެކުވެރިން ޓެގްކޮށްގެން އައިފޯނެއް ހޯދިދާނެ މަގުބ

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް، ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ޑިފެންސް މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ފުރިހަމަ ސިއްހަތެއްގައި ހުރި އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ހިދުމަތުގައި ބައިވެރިކުރެވޭނީ، މި ހިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގައި ވާނަމައެވެ.
މިޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ. މާފިލާފުށީ ގައެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގް އަދި މެޑިކަލް ސްކްރީނިންގް ކުރިއަށް ގެންދެވޭނެކަމަށް ދިފާއީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ