އަންނަ މަހުގެ 4ގައި ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 4ގަ އެވެ. އެ ދުވަހު، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ވެސް އޮންނާނެ އެވެ.
ތަފްސީލް - އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއްޔެ އާންމުކުރި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުން ދައްކާ ގޮތުގައި، ޖުމްލަ 294,876 މީހަކަށް މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ:
144،506 އަންހެނުން
150،370 ފިރިހެނުން
އީސީން ވަނީ ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު، އެ މީހަކު ވޯޓުލާ ދާއިރާ އެނގޭ ގޮތަށް ސީގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ. މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެ އެވެ.
އެސްއެމްއެސް ކުރާނެ ގޮތް: 4VR space IDNO Send to 141
ކައުންސިލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓަކު ވާދަކުރެ އެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓު: 294,876 މީހުންނަށް ވޯޓުލުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ