މަހުޖަނު ގާސިމް އިބުރާހިމްގެ ރިސޯޓުގެ ސަން އައިލޭންޑުގެ ޕްރެޒިޑެންޝަލް ސުއިޓުގައި ޗުއްޓީ ހޭދަކޮށްލުމަށް, މަޖިލިސް ރައީސް އަބުދުއްރަހީމްގެ މުޅި އާއިލާ އެކީ މިއަދު ސަން އައިލެންޑް ރިސޯޓަށް ހިގައްޖެއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މި ދަތުރުގައި އަބުދުއްރަހީމްގެ ދަރިންނާއި, ކާފަ ދަރިންނާއި ދަނބި ދަރިންނާއި އަދި އެނޫންވެސް ގިނަ އަދަދެއްގެ އާއިލީ މެމްބަރުން ހިމެނެއެވެ.
އަބުދުއްރަހީމް ވިލާ އެއަރގައި މާމިގިލީ އެއަރޕޯޓަށް ފޭބުމާއެކު އޭނާއަށް އެއަރޕޯޓުން މަރުހަބާ ކިޔާފައިވަނީ މަހުޖަނު ގާސިމް އިބުރާހިމްއެވެ. އެހެންނަމަވެސް އަބުދުއްރަހީމްއަށް މަރުހަބާ ކިޔުމަށް މަހުޖަނުގެ އަނބިކަބަލުން އައިޝަތު ނަހުލާ ހާޒިރިވެފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އަބުދުއްރަހީމްގެ އާއިލާއަށް މަރުހަބާ ކިޔުމަށް ނަހުލާ ގޮސްފައި ނުވަނީ, ފާއިތުވި މަޖިލިސް އިންތިޚާބުގައި ނަހުލާއަށް ވިލަމާލޭ ދެނު ދާއިރާގެ ގޮނޑި ދޭނެކަމަށް ބުނެ އަބުދުއްރަހީމް އޭނާއަށް އޮޅުވާލާފައިވާތީ އެކަމާއިގުޅިގެން އަދިވެސް އޮތް ހިންހަމަ ނުޖެހުންތަކާއި ގުޅިގެންނެވެ.
އަބުދުއްރަހީމް މިއަދު މާމިގިއްޔަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށް, މާމިގިލީ އެއަރޕޯޓުގެ މުވައްޒަފުންނާއި, މަހުޖަނު ގާސިމްގެ ޖުމުހޫރީ ޕާޓީގެ މެމްބަރުންވެސް ހާޒިރު ވެފައިވެއެވެ.
މާމިގިލިން މިއަދު މަހުޖަނު ގާސިމް އިބުރާހިމް އަބުދުއްރަހީމަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު, މަހުޖަނުއަކީ ކޮންމެ ސަރުކާރެއްގައިވެސް ނުފޫޒުގަދަ ފަރާތްތަކަށް ކުރުނީސްކޮށް ސަނާ ކިޔައިގެން ވިޔަފާރި ނުހައްގުން ކުރަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މަހުޖަނުވަނީ ހަމަ އެ ބީދައިން ނިމިދިޔަ ރައީސް ސާލިހުގެ ސަރުކާރުގައި އެސަރުކާރަށް ސަނާ ކިޔާ, އަދި އެއް އަނބި ވަޒީރުކަމުގައިވެސް ދަރު ނިމެންދެން ބަހައްޓާފައެވެ.
އެހެންނަމަވެސް މަހުޖަނު މިހާރު ވިދާޅުވަމުން ގެންދަވަނީ, އެމްޑީޕީގެ ވެރިކަމުގައި ގައުމު ބަނޑަށް ޖައްސާލާފައި ވާކަމަށާއި, ގައުމު ސަލާމަތް ކޮށްދޭނީ މުއިއްޒުގެ ސަރުކާރުން ކަމުގައެވެ.
އަބުދުއްރަހީމްގެ މުޅި އާއިލާ މި ހަފްތާ ބަންދުގައި ސަން އައިލޭންޑުގެ ޕްރެޒިޑެންޝަން ސުއިޓުގައި ދަނީ ޗުއްޓީ ހޭދަކުރަމުން! މަހުޖަނު ގާސިމް އަކީ އަބަދުވެސް އޮންނަ ސަރުކާރެއްގެ އުނގަށް ވެއްޓިގެ ވިޔަފާރިކުރާ މަހުޖަނެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ