ހިތަދޫ ބައި-އިލެކްޝަން: ވޯޓާސް ލިސްޓުގައި މާދަމާ ސޮއިކުރަނީ

ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ދާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ދާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއި ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ގެންދަން ޖެހޭނެއެވެ. އަދި ސޮއިކުރަން ދާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދު އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޢަބްދުﷲ ޞާދިޤެވެ. މި އިންތިޚާބުގައި ޖުމްލަ 4،121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާއިރު، މާލޭގައި 2 ފޮށި އަދި އައްޑޫގައި 5 ފޮށި ހިމެނޭހެން ޖުމްލަ 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ