ކަސްޓަމްސްއަށް 32 އަހަރު ޚިދުމަތް ކުރެއްވި އަބްދުﷲ ވަހީދު ޑެޕިއުޓީ ކޮމިޝަނަރަކަށް

މެދުކެނޑުމެއްނެތި ކަސްޓަމްސްއަށް 32 އަހަރުވަންދެން ޚިދުމަތްކުރެއްވި ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ ވަހީދު އެ މުއައްސަސާގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަންކޮށްފިއެވެ.
އެ މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އަބްދުﷲ ވަހީދަށް އެ މަގާމު ރަސްމީކޮށް ހަވާލުކުރުމަށް ކަސްޓަމްސްގައި މިއަދު ބޭއްވި ހަފުލާގައި އޭނާއަށް ޑެޕިއުޓީ ކޮމިޝަނަރު ރޭންކުގެ ނިޝާން ހަވާލުކޮށްދެއްވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއުއެވެ.
ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެކި ބޭފުޅުން ވަނީ އެ މަގާމު ފުރުއްވާފައެވެ. ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުންގެ ގޮތުގައި ދެ ބޭފުޅަކުު ތިއްބަވާއިރު، ދެން އެ މަގާމުގައި ހުންނަވަނީ މަޙްމޫދު ރިޔާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ