އަބްދުﷲ ޝަރީފްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ލ. ދަނބިދޫ، ނިރިލި، އަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން އާއިލާއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަބްދުﷲ ޝަރީފަކީ، ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަގާމުގައި، އެމަނިކުފާނު ގާތުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ލ. ދަނބިދޫ ކަތީބުކަމާއި ހިންގުމުގެ ދާއިރާގެ މިނޫން ވަޒީފާތައްވެސް އަބްދުﷲ ޝަރީފު އަދާކުރައްވާފައިވެ އެވެ.
"މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަބްދުﷲ ޝަރީފް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އަދި މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން،" ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ