ބޭރުގެ ދެ މަސްބޯޓުތަކެއް ހުއްޓުވަން ސިފައިން ހަރަކާތްތެރިވަނީ

ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއާ ދެމެދު ބޭރުގެ ދެ މަސްބޯޓު އުޅޭކަމުގެ ރިޕޯޓު ލިބިގެން، އެ އުޅަނދުތައް ހުއްޓުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން ބޭރުގެ މަސްބޯޓުތަކެއް އުޅޭކަމަށް ފާހަގަކުރެވުމާއެކު، އެ އުޅަނދުތައް ހުއްޓުވަން ސިފައިން މިހާރުވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ސަރަހައްދަކީ ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލްގެ ތެރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ