ޔޫރަޕްގެ ބައްރަށް މިހާރު ކުރިމަތިވަމުންދާ އާދަޔާޚިލާފު ގަދަ ހޫނުގެ ސަބަބުން ފްރާންސުން އެކަނިވެސް މަދުވެގެން 18 މީހުން މަރުވެ، ބައެއް ސިޓީތަކުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި ފްރާންސްގެ ދެކުނުއިރުމަތީ ސަރަހައްދެއްގައި ކާރެއްގެ ތެރޭގައި ބަންދުވެފައި ތިއްބާ ހަބަރު ހުސްވެފައިވަނިކޮށް ފެނުނު އުމުރުން 2 އަހަރާއި 4 އަހަރުގެ ދެ ކުދިންވެސް ހިމެނެއެވެ.
މި ހޫނާ ގުޅިގެން ފްރާންސްގެ ސްކޫލްތައް ބަންދުކުރުމާއި ކިޔަވައިދޭ ގަޑިތަކަށް ބަދަލުތައް ގެންނަމުންދާއިރު، ބޯޑޯ ސިޓީގެ ފިނިހޫނުމިން ވަނީ 41.9 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ. މިއީ އެ ސިޓީގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ރެކޯޑްކުރި އެންމެ މަތީ ފިނިހޫނުމިނަށްވުރެވެސް މަތީ އަދަދެކެވެ.
މޫސުމީ މާހިރުން ހާމަކުރާގޮތުގައި ޔޫރަޕަށް މިހާރު ކުރިމަތިވެފައިވަނީ "އޮމެގާ ބްލޮކް" އެއްގެ ސަބަބުން އުފެދިފައިވާ ހޫނެކެވެ. މިއީ އެފްރިކާގެ ސަހަރާ ސަރަހައްދުން ޔޫރަޕާ ދިމާލަށް އަންނަ ހޫނު ވައިގެ ސަބަބުން އުފެދޭ، ވަރަށް ލަހުން ދައުރުވާ އަދި ވައިރޯޅިއެއްވެސް ނުޖެހި ގިނަދުވަސްތަކަކަށް ދެމިގެންދާ ހޫނެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ހޫނުގަނޑުތައް އިތުރަށް ވަރުގަދަވަމުންދާކަން މާހިރުން ފާހަގަކުރެއެވެ.
މި ހޫނުގެ އަސަރު އިނގިރޭސިވިލާތަށްވެސް ވަރަށް ބޮޑަށް ކުރަމުންދާއިރު، އެ ގައުމުގެ ފިނިހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ 1957 އަދި 1976 ވަނަ އަހަރު އެ ގައުމުގައި ރެކޯޑްކުރި ޖޫން މަހުގެ އެންމެ މަތީ ފިނިހޫނުމިނަށްވުރެ މަތީ އަދަދެކެވެ.
ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ފްރާންސުން އެކަނި 18 މަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ