ބަންގި ގޮވުމާއެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން އެސޯސިއޭޝަންތަކަށް އަންގައިފި

ބަންގި ގޮވުމާއެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން ކުޅިވަރު އެސޯސިއޭޝަންތަކަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އަންގައިފި އެވެ. 
ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދަށް ގޮވުމާއެކު 20 މިނެޓުވަންދެން އެކި ކްލަބް/އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތައް މެދުކަނޑާލަން އަންގާ ކަމަށެވެ. 
އެސޯސިއޭޝަންތަކުގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ހުރިހާ ހަރަކާތެއް ނަމާދުވަގުތަށް މެދުކަނޑާލައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަމުން ގެންދިޔުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ. 
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އަންނަނީ ނަމާދަށް ގޮވުމާއެކު 20 މިނެތަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލައި އެކަން ތަންފީޒުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލަމުންނެވެ. 
މިގޮތުން އުސޫލު ފާސްކޮށް އެންމެހާ އެސޯސިއޭޝަނަކާ ހިއްސާކުރެވެންދެން ސާކިއުލާއިން ފާހަގަކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި އެސޯސިއޭޝަންތަކުން ރާވާ ހިންގާ މުބާރާތްތައް އިސްތިސްނާވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ