ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެ

ސިނަމާލެ ބްރިޖު މަތީ މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ. 
މިރޭ 10:12 ހާއިރު މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެ އެވެ.
މި އެކްސިޑެންޓުގައި މަރުވި މީހާއަށް ސީރިއަސް އަނިޔާތަކެއްވި އެވެ. އޭނާ މަރުވީ އެކްސިޑެންޓު ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. 
އެކްސިޑެންޓުގައި މަރުވި މީހާގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ