ސްޓެލްކޯއިން މާޅޮހުގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށްފި

ސްޓެލްކޯ އިން އއ. މާޅޮހުގައި އައު ޖަނަރޭޓަރު ސެޓް ގާއިމްކޮށް އެ ރަށުގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށްފިއެވެ.
އައު ޖެނެރޭޓަރު ސެޓެއް ޤާއިމް ކުރުމާ ގުޅިގެން މި ޚިދުމަތް ފެށުމުގެގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެވިއްއެވެ. މި ރަސްމިއްޔާތުގައި އިންޖީން ސްޓާޓް ކޮށްދެއްވީ ކައުންސިލްގެ ރައީސް އިސްމާޢީލް ނަސީރުއެވެ.
ސްޓެލްކޯ އިން ބުނީ އެރަށުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބަހައްޓާފައިވަނީ 300kW ގެ ޖަނަރޭޓަރު ސެޓެއް ކަމަށެވެ.
މިއާއެކު، މާޅޮހުގެ ކެޕޭސިޓީ 679kW އިން 816kW އަށް ވަނީ އިތުރުކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ ރަށްތަކުގައި ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ހިދުމަތް ދޭ ރަށްތަކުގެ ކެޕޭސިޓީ އިތުރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ