މިނިވަން ދުވަހާއި ގުޅިގެން ބާއްވަން ހަމަޖެއްސި އެމްއެންޑީއެފްގެ ޕެރޭޑް މިއަދު ނުބޭއްވުނެވެ. މިއަދު ޕެރޭޑް ނުބޭއްވުނީ ވިއްސާރަވުމާއި ގުޅިގެންކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
ނަމަވެސް މިމަހުގެ 29 ވަނަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ޕެރޭޑް ބޭއްވުމަށް މިހާރު ހަމަޖައްސާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ. ބުރާސްފަތިދުވަހު މި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައެވެ.
ޕެރޭޑް ކުރިއަށްދާއިރު ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ހުއްޓައި ބޭންޑުގެ ޙަރަކާތްތައް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހެވިކަމުގެ ކުޅިވަރުތަކުގެ ތެރެއިން ގައުމީ ދިފާއީ ބާރާއި ސްކޫލް ކުދިންގެ ޕެރޭޑެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕެރޭޑުގައި ދިފާއީ ބާރުގެ އެކި ބަހާތަކުން ބައިވެރިވެފައިވާއިރު، 15 ސްކޫލަކުންވެސް ބައިވެރިވެފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަތް ގެންދިޔަނަމަވެސް، އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބެމުންދަނީ އެމްއެންޑީއެފްއާއި ސްކޫލް ކުދިންގެ ޕެރޭޑާއި ރޫޓް މާޗްއަށެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ކުދި ބޮޑު އެތަކެއް ބަޔަކު މި ހަރަކާތް ބަލާލުމަށް މަގުތަކަށް ނިކުމެއެވެ.
އެމްއެންޑީއެފް ޕެރޭޑް ބުރާސްފަތިދުވަހު ހުޅުމާލޭގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ