ލޭބަލް ނުކޮށް ނުވަތަ އޮޅޭގޮތަށް ވިއްކާ ކާބޯތަކެއްޗަށް 1 މިލިއަން ރުފިޔާގެ ޖޫރިމަނާ ސާފުތާހިރުކަން ކުޑަވުމުން “ބިލެތްމާ ޓޭސްޓީ” ގެ އުފެއްދުންތަކަށް އެމްއެފްޑީއޭއިން ފިޔަވަޅު އަޅައިފި “މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ” އަލުން ގާއިމުކުރައްވައިފި ތައިލެ

ރާއްޖެ ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭހާ ބެހޭ އާ ގަވާއިދެއް އެކުލަވާލައި، އާންމު ފިހާރަތަކުން ހުއްދަ ނުނަގައި ބޭސް ވިއްކުން މަނާކޮށްފި އެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގަވާއިދު ގެޒެޓުކުރިތާ ނުވަދިހަ ދުވަސް ފަހުންނެވެ.
ނިމިދިޔަ ހަފުތާގައި ގެޒެޓުކުރި މި ގަވާއިދު ބުނާ ގޮތުން، އެ އޮތޯރިޓީގެ ރަޖިސްޓްރީގައި ހިމެނޭ އެއްވެސް ބޭހެއް ހުއްދައަކާ ނުލައި ފިހާރަތަކުގައި ބެހެއްޓުމަކީ ކުށެކެވެ. މީގެ ތެރޭގައި ޑޮކްޓަރުގެ ސިޓީއަކާ ނުލައި އާންމުކޮށް ގަންނަން ލިބޭ ޕެނަޑޯލް އަދި ހައިޑްރަލައިޓް ފަދަ އޯވާ ދަ ކައުންޓާ ބޭސްތައް ވެސް ހިމެނެ އެވެ. މިފަދަ ބޭސްތައް ވެސް ދެން ވިއްކޭނީ ހެލްތް މިނިސްޓްރީ ނުވަތަ އެމްއެފްޑީއޭގެ ހުއްދަ ހޯދައިގެންނެވެ.
ގަވާއިދަށް އަމަލުކުރަން ފަށަން ނުވަދިހަ ދުވަހުގެ މުހުލަތެއް ދީފައިވާތީ، މި މުއްދަތު ހަމަވަންދެން ފިހާރަތަކަށް ބޭސް ވިއްކުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެންނަމަވެސް، މުއްދަތު ހަމަވުމަށް ފަހު ހުއްދަ ނުނަގައި ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެންމެ ފުރަތަމަ ދޭނީ ނަސޭހަތެވެ. އޭގެ ފަހުން ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި ދިހަ ހާސް ރުފިޔާއިން ފެށިގެން އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ