ގާނޫނު ހެދުމުގެ ދާއިރާގައި ޒުވާނުންނާއި އަންހެނުންގެ ހިއްސާ އިތުރުކުރަނީ ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ މިނިވަންކަމުގެ ނިއުމަތް: ކޮންމެ ދިވެއްސެއްގެ ވެސް އެންމެ ބޮޑު އުފަލާއި ފަޚުރު އައްޑޫ މީދޫ މިނިވަ

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ ފަސް ކިލޯމީޓަރުގެ “މިނިވަން ރަން” ވަރަށް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. ގިނަ ބައެއްގެ ބައިވެރިވުމާ އެކު ކުރިއަށްދިޔަ މި ހަރަކާތަކީ އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީ އާއި ވީރަން ގުޅިގެން އިންތިޒާމުކުރި ދުވުމެކެވެ.
ތަފާތު އެކި އުމުރުފުރާތަކުގެ މީހުން ބައިވެރިވި މި ހަރަކާތް ނިންމާލުމަށް ފަހު، ގިނަ ބަޔަކު ވަނީ މިއީ ވަރަށް ފައިދާހުރި ހަރަކާތެއްކަން ފާހަގަކޮށްފައެވެ. ގައުމީ މިފަދަ މުނާސަބަތުތަކާ ގުޅުވައިގެން ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަކީ އާއިލީ ގުޅުންތައް ބަދަހިކޮށް، އެކުވެރިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ބައިވެރިން ބުންޏެވެ.
ގިނަ ބަޔަކާއެކު ފެށި މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރު ހީނާ ވަލީދެވެ. މި ހަރަކާތް ފައްޓަވައިދެއްވުމަށްފަހު އެކަމަނާ ވަނީ ކަސްރަތު ކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
“މިއީ އާއިލާއާއި ރައްޓެހިންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް،” މިނިސްޓަރު ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން މޫސުން ތަންދޭގޮތުން ދުވެވެން ނެތް މީހުންނަށް، މި ހަރަކާތުގައި ހިނގާލުމުގައި ވެސް ބައިވެރިވެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ އެންމެނަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
މި ދުވުން ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ ބެޖެއް ހަވާލުކޮށްފައިވެއެވެ. މި ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލުމަށް ފަހު، އަންނަ އަހަރުގެ މިނިވަން ދުވަހު ރާއްޖޭގެ އެހެން ސިޓީތަކުގައި ވެސް މި ދުވުން ބޭއްވުމަށް އިންތިޒާމުކުރާ ފަރާތުން މިހާރު ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ