ޝަރުއީ ދާއިރާއަށް ގިނަ އަހަރުތަކަކު ޚިދުމަތްކުރެއްވުމަށްފަހު ދެބޭފުޅަކު މަގާމުން ރިޓަޔަރ ކުރައްވައިފިއެވެ.
މިގޮތުން މަގާމުން ރިޓަޔަރަ ކުރައްވާފައިވަނީ އިސް ގާޟީ އަބްދުﷲ އަލީ އަދި އިސް މެޖިސްޓްރޭޓް އިބްރާހީމް އަހުމަދެވެ.
އިސް ގާޟީ (ރިޓަޔަރޑް) އަބްދުﷲ އަލީ އަކީ ޝަރުއީ ދާއިރާއަށް 36 އަހަރުގެ ދިގު ޚިދުމަތެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުނެނެވީ ސިވިލް ކޯޓުގެ އިސް ގާޟީގެ މަގާމްގައެވެ.
އިސް މެޖިސްޓްރޭޓް (ރިޓަޔަރޑް) އިބްރާހީމް އަހުމަދަކީ ޝަރުއީ ދާއިރާއަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ނ. ކެނދިކުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައެވެ.
ޖުޑީޝަންލ ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އަބްދުﷲ އަލީ އަދި އިބްރާހީމް އަހުމަދު ޝަރުއީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
އިސް ގާޟީ އަބްދުﷲ އަލީ އަދި އިބްރާހީމް އަހުމަދު ރިޓަޔަރކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ