ޖޭއެސްސީގައި އާންމުން ތަމްސީލުކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ޖޭއެސްސީގައި އާންމުން ތަމްސީލުކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފި އެވެ.
އެ އިދާރާއިން މިއަދު ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 3، ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ. ޖޭއެސްސީއަށް މެންބަރުން އައްޔަނު ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. އާންމުން ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި މިހާރު އިންނަވަނީ ޑރ. އައިމިނަތު އުއްމުލްސޫމް އެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނާންޖެހޭ ޝަރުތުތަކަކީ:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ