އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށައިފި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށައިފި

އިރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނޭހެން އަށް ސަރަހައްދަކަށް އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ހަމަލާ ދިނުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށައިފި އެވެ.
ހަމަލާތަކުގެ ހަބަރު ފެތުރެން ފެށުމާ އެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 10 ޕަސެންޓުން އުފުލިފަ އެވެ. މިއީ ޖެނުއަރީ މަހުގެ ފަހުން ތެލުގެ އަގު އެންމެ ބޮޑުވި ފަހަރެވެ. އެގޮތުން ތެޔޮ ފީފާއެއްގެ އަގު 63 ޑޮލަރުން 73 ޑޮލަރަށް ވަނީ އުފުލިފަ އެވެ.
މެދުއިރުމައްޗަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ބާޒާރެވެ. އެ ސަރަހައްދުގައި ހިމެނޭ ގައުމުތަކަކީ އެންމެ ގިނައިން ތެޔޮ އުފައްދާ ދުނިޔޭގެ ބާޒާރާށް ނެރޭ ގައުމުތަކެވެ.
ތެޔޮ ޓޭންކަރުތައް އެންމެ ގިނައިން ދަތުރުކުރާ ހޮރުމުޒް ކަނޑުއޮޅި އިރާނުން ބަންދުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ތެލުގެ އަގު އިތުރަށް އުފުލުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ