ތަވާޟުއުވެރިކަމަކީ މީސްކިތަކުންގެ މައްޗަށް ކިބުރުވެރި ނުވުން: ޚުތުބާ 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހަޅައިފި އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސް ހިތާމަފާޅުކުރައްވައިފި 18 ކިލޯގެ މަސްތުވާތ

ހައްދުފަހަނަޅާފައިވާ އިޒްރޭލުން، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމާ އެކު ދުނިޔޭގެ ތެލުގެ އަގު އުފުލިއްޖެއެވެ.
ތެލުގެ ބެންޗްމާކް ކަނޑައަޅާ ބްރެންޓް ކްރޫޑް އަދި ނައިމެކްސް ލައިޓް ސްވީޓުގެ ތެލުގެ އަގު 10 ޕަސަންޓް މަތިކޮށްފައިވާއިރު ދުނިޔޭގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ މި ހަމަލާއާއި އެކު ތެލުގެ އިގުގެ އިތުރުން އެހެނިހެން ތަކެތީގެ އަގުވެސް އުފުލިގެންދާނެކަމަށެވެ.
އިޒްރޭލުން އިރާނަށް ދިން ހަމަލާގައި އެގައުމުގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން ވަނީ އަވަހާރަ ވެފައެވެ.
އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާއާއި ގުޅިގެން މެދު އިރުމަތީގެ ހާލަތު ވަރަށް ގޯސްވެފައިވާއިރު މި ދަނޑިވަޅުގައި އިޒްރޭލުގެ ދިފާއުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ނުކުމެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ