އިޒްރޭލުން އީރާނަށް ހަމަލާދިނުން ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި

އިޒްރޭލުން އީރާނުގެ ނިއުކްލިއާ ސައިޓުތަކަށް ދިން ހަމަލާ ރައީސް މުހައްމަދު މުއިއްޒު މިއަދު ކުށްވެރިކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނުގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަ ތަނަކަށް ވައިގެ ހަމަލާތައް ދެމުން އަންނަ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.
ތަފްސީލް - އެ ހަމަލާތައް ކުށްވެރިކުރައްވައި، ރައީސް މުއިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން އީރާނާ ދެކޮޅަށް ދިން ހަަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ނުރައްކާވާނެ އަމަލުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. މި ހަމަލާތަކުގެ ސަބަބުން އުފެދޭނެ ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.
ގުޅުން ހުރި - އިޒްރޭލުން އީރާނަށް ދިން ހަމަލާތައް ކުށްވެރިކޮށް ގައުމުތަކުގެ ވެރިން އަންނަނީ ވާހަކަ ދައްކަވަމުންނެވެ.
އެ ހަމަލާތަކުގައި އީނާރުގެ އިސް އޮފިޝަލުންނާއި ސައިންސްވެރިން ވަނީ އަވަހާރަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ