އުރީދޫގެ އިތުރު ދެ މުވައްޒަފަކު ހާވާޑުން ދަސްވެނިވެެއްޖެ

ހާވާޑް ބިޒްނަސް ސުކޫލާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ހިންގި ކޯހެއްގައި އެކުންފުނީގެ ދެ މުވައްޒަފުން ދަސްވެނިވެެއްޖެ އެވެ.އެ ޔުނިވާސިޓީން ދަސްވެނިވި މުވައްޒަފުންނަކީ މުޙައްމަދު އަކްޝަމާއި މުޙައްމަދު އިބްރާހީމެވެ.އެ މުވައްޒަފުން ދަސްވެނިވެފައި ވަނީ ހާވާޑް ބިޒްނަސް ސުކޫލާއި އުރީދޫ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް (އެލްޑީޕީ) ގުޅިގެން ހިންގި ކޯހެއްގަ އެވެ. އުރީދޫން ވަނީ، ދަސްވެނި އެކުންފުނީގެ މުވައްޒަފުންނަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. ކުންފުނިން ބުނީ މުވައްޒަފުންގެ ހިތްވަރާއި މަސައްކަތުން ކާމިޔާބީ ހޯދައި ދީފި ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށެވެ.އުރީދޫއިން ހާވާޑް ޔުނިވާސިޓީއާ ގުޅިގެން ކޮންމެ އަހަރަކު ދެ މުއައްޒަފުންނަށް ތަމްރީނުދެ އެވެ.އުރީދޫއިން 2021ގައި ފެށި މި ޕްރޮގްރާމަކީ މުވައްޒަފުންގެ ލީޑާޝިޕް ޤާބިލުކަން އިތުރުކޮށް ތަރައްޤީކުރުމަށް ފަރުމާކޮށްފައިވާ، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ފޯރުކޮށްދޭ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.ކޮންމެ އަހަރަކު، އޫރީދޫގެ އުންމީދީ ދެ ލީޑަރަކު މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ އައު އީޖާދުތަކާއި ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރާކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށަފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ