ފުރިހަމަ ބާރާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާއަށް ވަންނާނަން: ނަތަންޔާހޫ
އޮޕަރޭޝަން ނިންމައި ހަމާސް ބަލިކުރުމަށް ފުރިހަމަ ބާރާއެކު ކުރިއަށްއޮތްދުވަސްތަކުގައި ޣައްޒާއަށް ވަންނާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ. ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލާނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށެވެ. ނަމަވެސް ވަގުތީ ގޮތުން މެދުކަނޑާލުމެއް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން މިދަނީ ފުރިހަމަ ބާރާއެކު އެ އޮޕަރޭޝަން ނިންމުމަށް. އޮޕަރޭޝަން ނިންމުމުގެ މާނައަކީ ހަމާސް ބަލިކުރުން. އޭގެ މާނައަކީ ހަމާސް ނައްތާލުން." ނަތަންޔާހޫ ވިދާޅުވިއެވެ. އަދި ފަލަސްތީނު ރައްޔިތުން ގައުމުތަކަށް ތައްޔާރަށް ތިބި ގައުމުތަށް ހޯދުމުގެ މަސައްކަތް ކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. ހަމާސްއިން ރަހީނުކޮށްފައިވާ އެމެރިކާގެ ރަށްވެރިކަން އޮންނަ އިސްރާއީލު ސިފައިންގެ މީހަކު މިނިވަން ކުރުމުން، ރަހީނުން މިނިވަން ކުރި ކަމުގައިވިޔަސް ހަނގުރާމަ ނުހުއްޓާނެ ކަމަށް ނަތަންޔާހޫ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އުމުރުން 21 އަހަރުގެ އެޑެން އެލްގެޒެންޑާ އަކީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކުރި މީހުންގެ ތެރެއިން އެމެރިކާގެ ރަށްވެހިކަން އޮތް މީހުންގެ ތެރެއިން މިނިވަން ނުކޮށް ހުރި ހަމައެކަނި މީހާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ