މި އަހަރުގެ، މަޒުމޫނާއި ކުރުވާހަކައާއި ޅެން ހެދުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މިއަހަރު ދިވެހިބަހުގެ އެކަޑަމީން ބާއްވާ މަޒުމޫނާއި ޅެންހެދުމާއި ކުރުވާހަކަ ލިޔުމުގެ އަދަބީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެކެޑަމީން ފުރުސަތު ހުޅުވާލީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37 ވަނަ ގައުމީ މުބާރާތާއި، ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތެވެ. އަންނަ މަހު 21ގައި ކުރިއަށްދާ މި މުބާރާތްތައް ކުރިއަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެނެއެވެ. އެއީ ސުކޫލުތަކުގެ ބަޔާއި 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އަމިއްލަ ފަރާތްތަކުގެ ބައިންނެވެ. ދަރިވަރުންތަކެއް މުބަރާތެއްގައި ލިޔަނީ--- ސަން ފޮޓޯ/ ނާއިޝް ނާހިދު އެބައިތަކުގެ ތެރެއިން ސުކޫލުތަކުގެ ބައި ވަނީ ގިންތިތަކަށް ބަހާފައެވެ. އެގޮތުން: ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3) ސާނަވީ ގިންތި (ކީ ސްޓޭޖް 4) މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5) އެކަޑަމީން ބުނީ، މި މުބާރާތްތަކުގައި ބައިވެރިވެވޭނީ ގޫގުލް ފޯމު މެދުވެރިކޮށް ކަމަށެވެ. އެގޮތުން، ހުރިހާ މުބާރާތްތަކާ ގުޅޭ ފޯމުތައް ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށް އެކަޑަމީން ބުންޏެވެ. އެކަޑަމީން ބުނީ، މުބާރާތްތައް އޮންނާނެ ތަނާއި ވަގުތު މުބާރާތް ބޭއްވުމުގެ ފަސް ދުވަސް ކުރިން ބައިވެރިންނަށް އަންގާނެ ކަމަށެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 29ވާ ބުރާސްފަތި ދުވަހުގެ 13:00ގެކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ