މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާވާނީ މާލެއާއި ވިލިމާލެގައި، ހުޅުމާލޭގައި ދުއްވޭނެ
މިއަދު ފާހަގަކުރާ ބޮޑު އީދު ދުވަހާ ގުޅިގެން ހަވީރު 16:00 އިން 18:00އަށް މާލެ ސަރަހައްދުގައި އުޅަނދުތައް ދުއްވުން މަނާކޮށްފައި ވަނިކޮށް، ހުޅުމާލޭގައި ހަވީރު ވެހިކަލް ދުއްވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފިއެވެ. މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ، މިއަދު ހަވީރު 16:00 އިން 18:00އަށް މާލެ ސަރަހައްދުގެ ހުރިހާ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށްފައެވެ. އޭގެ ފަހުން، އިއްޔެ ހަވީރު ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު އިއުލާނުގައި ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެއް ނުވެއެވެ. އެ އިއުލާނުގައި ހަވީރު އުޅަނދުތައް ދުއްވުން މަނާކޮށްފައިވަނީ މާލެއާއި ވިލިމާލޭގެ މަގުތަކުގައެވެ. އެގޮތުން، އެ ވަގުތުތަކުގައި ބައެއް އުޅަނދުތައް ދުއްވުމަށް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. އެއީ؛ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު އެމްބިއުލާންސް ޚާއްސަ އެހީއަށް ބޭނުންވެފައިވާ މީހުން ދުއްވުމަށް ޚާއްސަ އުޅަނދު ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދުއްވާ ބަސް ފުރާ މީހުން ބޭނުން ކުރުމަށް ހުއްދަ ދެވޭ އުޅަނދުތައް އެ ނިންމުމާ ޚިލާފުވެއްޖެނަމަ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ފަހުން މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ވެސް ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ މާލެއާއި ވިލިމާލޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ