ނައިބު ރައީސް މާލެ ވަޑައިގެންފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ހަވާއީ އާއޮ ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރަކީ ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ޚާއްޞަ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. މި ދަތުރުގައި ރާއްޖޭގެ ބައިންލްއަޤްވާމީ މޫސުމީ ބަދަލުތަކާ ގުޅޭ ގުޅުންތަކުގައި މުހިންމު ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފަ އެވެ. އެގޮތުން، ނައިބު ވަނީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމްގެ އިފްތިތާޙީ ޙަފްލާގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފައެވެ.
މި ދަތުރުގައި ހާސިލު ކުރެވުނު މުހިންމު ކުރިއެރުންތަކަށް ބަލާ އިރު، ނައިބު ވަނީ ރާއްޖެ އާއި ބްލޫ ޕްލެނެޓް އެލަޔަންސްއާއެކު އޮންނަ ގުޅުން ރަސްމީކުރައްވައި، އިއާދަ ކުރަނިވި ހަކަތަ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ.
ތަޖިކިސްތާނުގައި ނައިބު "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަވޭޝަން" ސެޝަންގައި ބައިވެރިވެވަޑައިގަތެވެ. އަދި ތަޖިކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރެއްވި އެވެ.
މި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ތަޖިކިސްތާނުގެ ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާ ހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.
ނައިބު ރައީސް މިއަދު މާލެ ވަޑައިގަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ