ރައީސް އަދި ނައިބު ރައީސް ވެސް ގައުމުގައި ނެތް، މިވަގުތު އެންމެ އިސްވެރިޔަކަށް ހުންނެވީ އަބްދުއްރަހީމް ރައީސް އަދި ނައިބު ރައީސް ވެސް ގައުމުގައި ނެތް، މިވަގުތު އެންމެ އިސްވެރިޔަކަށް ހުންނެވީ އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަދި ރައީސުލްޖުމްހުރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފު ވެސް މިވަގުތު ރާއްޖޭގައި ނެތުމުން، ގައުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ރައީސް މުއިއްޒު މިއަދު ހެދުނު ފުރާވަޑައިގެންނެވީ ސައުދީ އަރަބިއްޔާ އަށެވެ. އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި ގިނަ ވަޒީރުން ހިމެނޭ ވަފުދަކާއެކު ރައީސް ސައުދީއަށް ވަޑައިގެންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެންމެ ފަހުން ހުންނެވީ ތަޖިކިސްތާނުގަ އެވެ. އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވި ނަމަވެސް އެމަނިކުފާނު މިހާތަނަށް ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. ނައިބު ރައީސް ހުސެއިން ތަޖިކިސްތާނަށް ވަޑައިގެންނެވީ ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރަކަށްފަހު އެވެ.
ރައީސް މުއިއްޒު ހައްޖަށް ފުރާވަޑައިގެންނެވިއިރު އެއާޕޯޓުން އެމަނިކާފަށް އަލްވަދާއު ކިޔެއްވުމަށް އަބްދުއްރަހީމް ހުންނެވި އެވެ. އެހެންކަމުން އެމަނިކުފާނު ގައުމުގައި ހުންނެވިކަން ވަނީ ކަށަވަރުވެފަ އެވެ.
އާންމުކޮށް ރައީސް އަދި ނައިބު ރައީސް އެކުގައި މާލެ، ނުވަތަ ގައުމު ދޫކޮށް ވަޑައިނުގަންނަވަ އެވެ. ސަރުކާރުގެ މަސައްކަތްތައް ހިންގެވުމާއި ދައުލަތުގެ ކަންކަން ބެލެހެއްޓެވުމަށް ރައީސް ނުހުންނަވާ ދުވަސްވަރު ނައިބު ރައީސް ހުންނަވަނީ މާލޭގަ އެވެ.
ރައީސް އާއި ނައިބު ގައުމުގައި ނެތްއިރު މިވަގުތު ސަރުކާރުގެ ކަންކަން ހިންގެވުމާ ހަވާލުވެ މާލޭގައި ހުންނެވީ ކޮން ބޭފުޅެއް ކަމެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ