ޔުނައިޓެޑުން 84 މިލިއަން ޑޮލަރަށް ކޫންޏާ ގަނެފި ޔުނައިޓެޑުން 84 މިލިއަން ޑޮލަރަށް ކޫންޏާ ގަނެފި

މެންޗެސްޓާ (ޖޫން 1) - މެންޗެސްޓާ ޔުނައިޓެޑުން 84 މިލިއަން ޑޮލަރު (62.5 މިލިއަން ޕައުންޑް)ގެ ފީއެއް ދެއްކުމަށް ފަހު، ވުލްވްސް އަށް ކުޅޭ ބްރެޒިލް ގައުމީ ޓީމުގެ ފޯވާޑް މަޓެއުސް ކޫންޏާ ގަނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ކޫންޏާ ވަނީ ވުލްވްސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ހަތަރު އަހަރަށް އާ ކޮށްފަ އެވެ. އެކަމަކު، އެ އެއްބަސްވުން ހެދިތާ ފަސް ވަރަކަށް މަސް ނުވަނިސް، ކޫންޏާ، 25، މި ވަނީ، އެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީ ޔުނައިޓެޑޫން ދޭން ނިންމުމުން، އެ ޓްރާންސްފާ ކުރިއަށް ގެންގޮސްފަ އެވެ.
މިހަފްތާ ބަންދުގައި، ޔުނައިޓެޑަށް ބަދަލުވުމުގެ، މެޑިކަލް ޓެސްޓްތައް ފުރިހަމަ ކުރި ކޫންޏާ ވަނީ، ބްރެޒިލް ގައުމީ ޓީމާ ގުޅެން އެ ގައުމަށް ގޮސްފަ އެވެ. ބްރެޒިލްގެ އާ ކޯޗު، ކާލޯ އަންޗެލޮޓީ ނެގި ފުރަތަމަ ސްކޮޑުގައި ކޫންޏާ ވަނީ ހިމަނައިފަ އެވެ.
ބްރެޒިލްގެ ކޮރިޓީބާގެ ޔޫތު ޓީމުން ކުޅެން ފެށި ކޫންޏާ، ޕްރޮފެޝަނަލްކޮށް ކުޅެން ފެށީ، ސްވިޒަލެންޑްގެ ކްލަބް ސިއޯން އިންނެވެ. އޭގެ ފަހުން، އޭނާ ވަނީ އާރްބީ ލައިޕްޒިގު އާއި ހާތާ ބާލިން އަށް ޖަރުމަނު ލީގުގައި ކުޅެފަ އެވެ. ހާތާ ދޫކޮށް، 2021 ވަނަ އަހަރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ކޫންޏާ ވަނީ 35 މިލިއަން ޑޮލަރަށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެެވެ.
އެތުލެޓިކޯގައި ހުރެފައި، ކޫންޏާ، އެންމެ ފުރަތަމަ ވުލްވްސް އަށް ކުޅުނީ ލޯން ޑީލެއްގަ އެވެ. އެ ގޮތުން، 2023 ވަނަ އަހަރު ކުންޏާ، ލޯނަކަށް ވުލްވްސްއާ ގުޅުނުއިރު، އެއްބަސްވެވުނީ ބައެއް ކަންކަން ހާސިލްކުރެވިއްޖެނަމަ، ދާއިމީ ކޮންޓްރެކްޓެއްގައި ވުލްވްސް އަށް ކުންޏާ ބަދަލުވާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ