އުރީދޫން އައްޑޫގައި ބާއްވާ 'ފަން ރަން'ގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން، މި މަހު 27ގައި މަރަދޫގައި ބާއްވަން ވަނީ ނިންމާފަ އެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 16ގެ ނިޔަލަށް މޫލީ މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ.
ތަފްސީލް - އުރީދޫން ބުނި ގޮތުގައި، ބައިވެރިންނަށް ދެ ކިޓެއް ހިޔާރު ކުރެވޭނެ. އެއީ:
ސްޓޭންޑާޑް ކިޓްސް - 210ރ.؛ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް
ފަން ކިޓްސް - 110ރ.؛ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަންޑާނާ
އުރީދޫން ބުނި ގޮތުގައި، 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، އުރީދޫން ބުނި ގޮތުގައި، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އެގޮތުން:
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި ނުވަތަ ޖޮގްކޮށްފައި ނުވަތަ ދުވެފައި ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމޭނެ
ފާހަގަކޮށްލެވޭ - މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 6،500އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
އުރީދޫން އައްޑޫގައި ބާއްވާ 'ފަން ރަން'ގައި ބައިވެރިވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ