ދާރުލްއާސާރުން ދުން ވަސް ދުވާތީ ސިފައިންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހަރަކާތްތެރިވާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ދާރުލްއާސާރުގައި ސިފައިންގެ ފަޔާ ރެސްކިއުއިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެތަނުގެ ބޭރުގައި އަލިފާން ނިއްވަން ބޭނުންކުރާ ސިފައިންގެ ބޮޑު ވެހިކަލް އާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އޮފިސަރުން އެބަ ހަރަކާތްތެރިވެ އެވެ.
ތަފްސީލް - އެ ސަރަހައްދުގައި ހުންނަވާ ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ:
ސިފައިން އައީ އޮފީހުގައި އިންވަނިކޮށް ދުންވަހެއް އެރުމުން ސިފައިންނަށް އެކަން ރިޕޯޓް ކުރުމުން ކަމަށް
"އަލިފާނުގެ ހާދިސާއެއް ހިނގައިގެން ތަކެއްޗަށް ގެއްލުންވެފައެއް ނެތް،" އާދަމް ނަސީރު ވިދާޅުވި އެވެ.
ސިފައިން އަންނަނީ ދުންވަސް ދުވާ ސަބަބު މިހާރު ބަލަމުންނެވެ.
މިނިސްޓަރަށް ދުން ވަސް ދުވުމުން ސިފައިން ދާރުލްއާސާރަށް ވަދެ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ