ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރާއްޖެއަށް 135,614 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައިސްފައިވަނީ 119,873 ޓޫރިސްޓުންނެވެ. އަދި 2023 ވަނަ އަހަރު އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 120,959 ގަ އެވެ.
މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް 13.1 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރުމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރާއްޖެއަށް 135,614 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައިސްފައިވަނީ 119,873 ޓޫރިސްޓުންނެވެ. އަދި 2023 ވަނަ އަހަރު އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 120,959 ގަ އެވެ.
މިިދިޔަ މަހު ޖުމްލަކޮށް ރާއްޖޭގެ ޓޫރިޒަމަށް އަޅާބަލާއިރު 13.1 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މުޅި މަހަށް ބަލާއިރު ރާއްޖެ އަށް އެވްރެޖުކޮށް އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 4,375 ގަ އެވެ.
މުޅި މަހަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްަޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނާގައި އޮތީ ރަޝިއާ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޖުމްލަ 970,845 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އައިސްފައިވާ 895,762 ޓޫރިސްޓުންނާ އަޅާބަލާއިރު 8.4 ޕަސެންޓުގެ އިތުރުވުމެކެވެ.
ސަރުކާރުން ވަނީ މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް 2.3 މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް އަންދާޒާކޮށްފަ އެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ކާމިޔާބު އަހަރެވެ. މިދިޔަ އަހަރު މިހާތަނަށް ޓޫރިޒަމްގެ 50 އަހަރުގައި އައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ދެ މިލިއަން ޓޫރިސްޓުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިދިޔަ މަހު ޓޫރިޒަމަށް 13.1 ޕަސެންޓުގެ ކުރިއެރުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ