އެމަޖަންސީ ފަރުވާގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގައި ޓްރީ ޓޮޕުން ބައިވެރިވެއްޖެ

ދުނިޔޭގެ އެމަޖަންސީ ފަރުވާގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަރަކާތް، ވޯލްޑް އެމަޖަންސީ މެޑިސިން ޑޭ ފަން ފެއާގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4 އިން 6އަށް ހުޅުމާލެ ރުއްގަނޑު 1ގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ތަފްސީލް - ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން އެކިއެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން:
ފަސްޓް އެއިޑް އަދި ސީޕީއާރު ފަރުވާއާ ބެހޭ މުހިއްމު މައުލޫމާތު ފޯރުކޮށްދީފައިވޭ 
ކުޑަކުދިންނަށް ހާއްސަކޮށްގެން އަލްޓްރާސައުންޑް ސްކޭންކޮށްގެން ހަށިގަނޑުގެ އެތެރެ ދައްކައިދިނުން 
އެކި ބާވަތުގެ އެމަޖަންސީ ހާލަތްތަކުގައި ބޭނުންކުރާ އާލާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުން 
އެފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދިނުން
ބުނީ ކީކޭ؟ - ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިފަދަ ހަރަކާތްތައް މެދުވެރިކޮށް ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް އަބަދު ވެސް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިއީ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން، މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ:
އާ ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކޮށް، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން 
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންނަށް ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ