ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، ދުންފަތާ ދުރުހެލިވުމަށް ބޭނުންވާ މީހުންނަށް މައުލޫމާތު ފޯރުކޮށްދީފި އެވެ.
ވީ ކިހިނެއް؟ - ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން މި ހަރަކާތް ބޭއްވީ މާލޭ އާޓިފިޝަލް ބީޗުގައި މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4 އިން 6އަށް އަދި ރޭގަނޑު 8 އިން 10އަށެވެ.
ތަފްސީލް - މި ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ވަނީ:
ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމަށް ލިބެންހުރި ފަރުވާތަކާއި ހިދުމަތްތަކުގެ މައުލޫމާތު ދިން
ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މައުލޫމާތު ދީ، އެކި ބާވަތްތަކުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ޝަޖީ ބައިވެރިވެ، އާންމުންނަށް ދުންފަތާ ދުރުހެލިވުމުގެ މުހިންމު މައުލޫމާތު ދިން؛ ޝަޖީ އަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމުގެ ހާއްސަ ފަރުވާ ފޯރުކޮށްދޭ އެޑިކްޝަން ސްޕެޝަލިސްޓެއް
ބުނީ ކީކޭ؟ - "ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ ހަރަކާތްތަކުގައި ވީހާ ވެސް ގިނައިން ބައިވެރިވެ، ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދީ، މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން ކުރިއެރުވުމަށް ބޮޑު އަހައްމިއްޔަތުކަމެއް އަޅުގަނޑުމެން ދެން،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިއީ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން، މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ:
އާ ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކޮށް، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންނަށް ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
ޓްރީ ޓޮޕުން ދުންފަތާ ދުރުހެލިވުމާ ގުޅޭ މައުލޫމާތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ