މަތީ ތައުލީމުގެ ހަރުފަތްތައް ނިންމުމަށްފަހު ސްކޫލްގެ ހިދުމަތާ ގުޅުމަށް ދަރިވަރުންގެ ކިބައިން ޕްރިންސިޕަލް އަދުނާން އެދިލައްވައިފި

މަތީ ތައުލީމުގެ ހަރުފަތްތައް ނިންމުމަށްފަހު ސްކޫލްގެ ހިދުމަތާ ގުޅުމަށް ދަރިވަރުންނަށް ކިބައިން އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަދުނާނު އަލީ އެދިލައްވައިފި އެވެ.
އަފީފުއްދީން ސްކޫލްގެ 2023-2024 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބުކުރައްވައި ޕްރިންސިޕަލް އަދުނާނު ވިދާޅުވީ، ސްކޫލުތަކަށާއި ތައުލީމީ ދާއިރާއަށް ބެލިކަމުގައިވިޔަސް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި އެ ފުރުސަތުތަކުގެ ބޭނުން ހިފައި މުޖުތަމައު އިތުރަށް އުޖާލާ ކުރާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދުނާން ވިދާޅުވީ، މުދައްރިސުކަމުގެ އިތުރުން ސްކޫލްތަކުގައި ފަންނީ އެހެން ދާއިރާތަކުގެ ފުރުސަތުތައްވެސް އެބަހުރި ކަމަށެވެ.
"މުދައްރިސްކަމުގެ ދާއިރާއަށް ތިޔައިގެން ތެރެއިން ކުދިން ވަނުމަށް. މި ސްކޫލަށް ތިޔަ ކުދިންގެ ހިދުމަތް ވަރަށް ބޮޑަށް ބޭނުންވޭ. މި ސްކޫލާއި އަދިވެސް ތައުލީމީ ދާއިރާގެ ސްކޫލްތަކަށް ބެލިކަމުގައިވިޔަސް މުދައްރިސުންކަމުގައި ބެލިޔަސް އަދި ފަންނީ އެހެން ދާއިރާތައްކަމުގައި ބެލިޔަސް ތިޔަ ކުދިންނަށް ވަރަށް ބައިވަރު ފުރުސަތުތައް އެބަހުރި." ޕްރިންސިޕަލް އަދުނާން ވިދާޅުވި އެވެ.
އޭލެވެލް ނިންމާ މަތީ ތައުލީމުގެ ހަރުފަތްތައް ފުރިހަމަކުރުމަށްފަހު ސްކޫލްގެ މުދައްރިސުންގެ ގޮތުގައި ތިޔައިގެ ތެރެއިން ދަރިވަރުން ފެންނާނެކަމަށް އުންމީދުކުރައްވާކަމުގައި ޕްރިންސިޕަލް އަދުނާނު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން އަދުނާން ވިދާޅުވީ، ކާމިޔާބީއަކީ ވަކި މީހެއްގެ ހައްގެއް ނޫން ކަމަށާއި އެހެންނަމަވެސް ކާމިޔާބީއަކީ ހިތްވަރާއެކު މަސައްކަތްކޮށް ދެ ގޮތެއްނުވެ ގަދަ އަޅާ މަސައްކަތްކުރުމުގެ ނަތީޖާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ