މަންމައާއި ދަރިފުޅު މަރުވި މައްސަލަ ބަލައިދޭން އެދި އެމްޑީޕީގެ އަންހެނުންގެ ރޫހުން މަޖިލީހަށް

ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކު ވިހެއިތާ ގިނައިރުތަކެއްނުވެ ނިޔާވި ފަހުން، އޭނާގެ ދަރިފުޅު ވެސް ނިޔާވި މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީގެ 'އަންހެނުންގެ ރޫހުން' ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ހުށަހަޅައިފިއެވެ. ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށް ފަހުގައެވެ. އެ މައްސަލާގައި ގޮފީގެ ރައީސް ރޮޒައިނާ އާދަމް ސޮއިކުރައްވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދު ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ، ނޫސްތަކަށް ޝިއުނާގެ ފިރިމީހާ ދީފައިވާ މައުލޫމާތުން މި މައްސަލާގައި ސަރުކާރު މުއައްސަސާތަކުގެ އިހުމާލު ވަރަށް ބޮޑު ކަމަށް ދޭހަވާ ކަމަށް ބުނެފައެވެ. އެގޮތުން، މައްސަލާގައި ތުހުމަތު ބޮޑަށް ކުރެވެނީ ގއ. އަތޮޅު ހޮސްޕިޓަލަށް މަށާއި މި ހާދިސާއަކީ ސިއްޙީ ދާއިރާ ކުރިއަރާފައިވާ ޒަމާނެއްގައި މާބަނޑު އަންހެނަކަށް ދިމާވެގެންވާނެ ހާދިސާއެއް ނޫންކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. "މާބަނޑު އަންހެނަކާއި ދަރިފުޅު ނިޔާވުމަށް މި ދިމާވި ހިތާމަވެރި ހާދިސާއަކީ ހޮސްޕިޓަލްގެ މަސައްކަތް ހިންގަން ޖެހޭ ގޮތަށް ފަރުވާތެރި ކަމާއެކު ނުހިންގުމާއި ސީ އެމްބިއުލާންސްއަކުން ލިބެން ޖެހޭ ޚިދުމަތްތައް އެ ގޮތުގައި ލިބެން ނެތުމުން ދިމާވި އިންތިހާއަށް ހިތާމެވެރި ހާދިސާއެއް އެއް ކަމުގައި ޝިފާޒް ޒާހިރު ވަނީ ފާހަގަކުރައްވާފައެވެ،" ސިޓީގައި ބުނެފައިވެއެވެ. އެހެންވެ، އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ދިރާސާކޮށް، މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދުމަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރާ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައިދިނުމަށް އެދިފައެވެ. "ކުރިއަށް އޮތް ތާނގާއި މި ފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް މި މައްސަލަ ރަނގަޅަށް ބަލާ ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި އެމްޑިޕީގެ އަންހެނުންގެ ރޫހުން ދެކެމެވެ،" އެ ގޮފިން ބުންޏެވެ. https://sun.mv/202310 މި މައްސަލަ ފުލުހުންނާއި ހެލްތު މިނިސްޓްރީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާއާ ގުޅިގެން އެ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު އަަންނަނީ ކުރަމުންނެވެ. އަދި، ފަރުވާ އެންމެ އެކަށީގެންވަ ފުރިހަމަ ގޮތުގައި އެ ހޮސްޕިޓަލުން ލިބެން ނުހުންނަކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ވާހަކަ ހިއްސާކުރި މީހަކު ބުނި ގޮތުގައި އެ ކަން ދިމާވާން މެދުވެރިވީ އެއާ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން އެ ދެ މީހުން ގޮވައިގެން އިތުރު ފަރުވާއަށް ނުފުރި ލަސްވުމުންނެވެ. އެއާއެކު މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގައި އެ ފަދަ ބައެއް ހާދިސާތައް ހިނގައިފައިވާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ