ސައިކަލަކާއި އެމްބިއުލާންސެއް ޖެހި އެކްސިޑެންޓެއް ހިނގައިފި ސައިކަލަކާއި އެމްބިއުލާންސެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލޭގައި ސައިލަކާއި އެމްބިއުލާންސެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ ޓީމުން ނޫސްތަކަށް ފޮނުވި މެސެޖެެއްގައި ބުނީ މި ހާދިސާ ހިނގީ މިރޭ އިރާކޮޅު ކަމަށެވެ. ސައިކަލާއި އެމްބިއުލާންސް ޖެހުނީ މި ފަހުން އަލިފާން ރޯވެ އެނދި ހައުސިން މިނިސްޓްރީގެ އިމާރާތް ކުރި ބިމުގެ ކައިރިން އަމީނީ މަގުގަ އެވެ.
އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ނިއްކުރި ދުޅަވެ އަނިޔާވެފައިވާ ކަމަށާއި އެ މީހާއަށް އައިޖީއެމްއެޗުން ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަނީ އެމްބިއުލާންސްގައި ޖެހި ސައިކަލު ވެއްޓިފައި އޮތް ތަނެވެ. އެ އުޅަނދު ދުއްވި މީހާ ފެންނާކަށް ނެތެވެ.
ދެ އުޅަނދަށްވެސް މާ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ތަނެއް ނުފެނެ އެވެ.
ފުލުހުން ބުނީ ސައިކަލާއި އެމްބިއުލާންސް ވެސް ދުއްވީ އެ އުޅަނދުތައް ދުއްވުމުގެ ލައިސަންސް އޮތް ދެ މީހުން ކަމަށެވެ. މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް އެ ހިދުމަތުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ