ގިނަ ޕާޓީގެ އެކުލެވޭ ގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މީގެ 13 އަހަރުކުރިން ބަގާވާތަކުން ބަދަލުކުރުން އަބަދާއިއަބަދު ކުށްވެރި ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވީ ފުލުހުންނާއި ސިފައިން އަދި އޭރުގެ އިދިކޮޅުން ގުޅިގެން ހިންގި ބަގާވާތެއްގަ އެވެ. ވެރިކަމާ ދެން ހަވާލުވެވަޑައިގެންނެވީ ނަޝީދުގެ ނައިބަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ. އެ ހާލަތަށް ގައުމު ދިޔައީ އިދިކޮޅުން މާލޭގައި ސިލްސިލާކޮށް ކުރި މުޒާހަރާތައް ދިގުލައިގެން ގޮސްފައިވަ ނިކޮށެވެެ.
އެ ދުވަހަށް 13 އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސް އިން ބުނީ ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ ހައްގުތަކަށް ބައްޓަންވެގެންވީ ހެޔޮވެރިކަމުގެ ބޮޑެތި ބަދަލުތަކެއް ފެނުނު ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ކާމިޔާބިތައް އެ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ.
"އެހުރިހާ އުފާވެރި އުއްމީދީ ހެޔޮބަދަލުތައް ހުއްޓުވާލައި އަލުން އިހުގެ ހުދުމުހުތާރު ސަގާފަތާ ދިމާލަށް ގައުމު ސޮއްސުވާލީ ފެބްރުއަރީ 7، 2012 ގައި ރޯމާދުވާލު ހިންގި ބަގާވާތް،" ޑިމޮކްރެޓްސް އިން ބަޔާން ނިންމާލާފައިވަނީ އަބަދުމެ އެކަން ކުށްވެރިކުރާ ކަމަށް ބުނާ ބުނުން ތަކުރާރު ކުރަމުންނެވެ.
ބަގާވާތާ ގުޅިގެން ނަޝީދު މިއަދު ޕޯސްޓެއް ކުރައްވާފައެއް ނުވެ އެވެ. އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތް ނަމަވެސް މި ފަހުން އެމަނިކުފާނު ވަނީ ސިޔާސީ ކަންކަމުން މިވަގުތަށް ފެޔަށް ޖެހިވަޑައިގެން ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު މިހާރު ދިރިއުޅުއްވަނީ ގާނާ ގަ އެވެ.
ޑިމޮކްރެޓްސް އިން ބުނީ އަބަދާއިއަބަދު ބަގާވާތް ކުށްވެރިކުރަން ޖެހޭ ކަމަށް ޑިމޮކްރެޓްސް އިން ބުނީ އަބަދާއިއަބަދު ބަގާވާތް ކުށްވެރިކުރަން ޖެހޭ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ