މިއީ ރައީސްގެ ތަސައްވަރާ އެއްގޮތަށް ޤައުމު ބިނާކުރެވޭނެ އަހަރެއް - ޑރ. ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިއްވެވި ވެރިކަމުގެ ބަޔާނަކީ ވަރަށް އުއްމީދީ ބަޔާނެއް ކަމަށާއި، މި އަހަރަކީ ޤައުމު ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް ކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނާއި ގުޅޭގޮތުން އިސްލާމިކް ޔުނިވާސީީގައި މިރޭ ބޭއްވި "ރިޔާސީ ބަޔާން ފޯރަމް" ގައެވެ.
މިރޭގެ ރިޔާސީ ބަޔާން ފޯރަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ތޯރިޤް، އެޑިއުކޭޝަން މިނިސްޓަރ ޑރ. އަބްދުﷲ ޝަފީޢު އަދި ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ބައިވެރިވެލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ