ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ލަންކާގައި ފަށައިފި އަހަރުގެ އެންމެ ޒުވާން ހޮޓަލިއާގެ އެވޯޑާއެކު ނުޝް ގެ ހުވަފެން ހަގީގަތާއި ގާތަށް! މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ޕީއެންއެފްގެ

މާލޭގެ މަގުތަކަށް “ދެލިމާލި ނެރެ” ގައުމުތަކުގެ ވެރިންނަށް މަލާމާތް ކުރަން ހިތްވަރު ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައި ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ފަލާހު ވަނީ ވަރަށް ބޮޑަށް ޔާމީން އަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ފަލާހު ވިދާޅުވީ މީގެކުރިން ހިންގި ހަރަކާތްތަކަކީ ޔާމީންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމުން ކުރި މަސައްކަތެއް ކަމަށާއި އެ ހަރަކާތްތައް ހިންގެވުމުގެ ޒިންމާ ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއީ ޕީއެންސީގެ ކަމެއް ނޫން ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ ޕީއެންއެފުން ކިތަންމެ މަލާމާތް ކުރި ކަމުގައި ވިޔަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާ އާއި ރާއްޖެއާ އެކީގައި އާދަޔާ ހިލާފު ގުޅުމެއް އުފައްދަވައިފައި ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއާ ދޭތެރޭގައި ހާއްސަ ގުޅުންތަކާއި ލޯތްބެއް ބާއްވައި އެކި ގޮތް ގޮތަށް އެހީތެރިވާކަން ފަލާހު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ