މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (މިފްކޯ) ގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
މިތަކެތި އިފްތިތާޙްކުުރުމަށްޓަކައި ސްރީލަންކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ކަނޑުގެ ވަޞީލަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ޤައުމީ އައު ބްރޭންޑެއްވެސް ތަޢާރަފްކޮށްފައެވެ. މި ބްރޭންޑަކީ ރާއްޖޭގެ އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުގައި ވާދަވެރިކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަށް އުފައްދާފައިވާ ބްރޭންޑެކެވެ.
ލަންކާގައި މިފްކޯގެ އުފެއްދުންތަކެއް ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ