ލަންކާގައި ދިވެހި ޕާސްޕޯޓު ދޫކުރަން ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ސްރީލަންކާއިން ދޭން ފަށައިފި އެވެ.ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ލަންކާގައި ފެށީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ އެމްބަސީއަށް ވަޑައިގެން އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.  ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ އެވެ. އެ ހިދުމަތް ފެށުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓުގެ ހިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު ގައުމެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ދޭން ފެށޭނީ މީގެ އަހަރެއްހާ ދުވަސްކުރީން އޭޕްރީލް 28, 2025ގަ އެވެ. އެއީ މެލޭޝިޔާގަ އެވެ.ގިނަ ދިވެހީން ދިރިއުޅޭ ޤައުމުތަކުން އެ ހިދުމަތްދޭން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ