ގުޅީފަޅުގައި 665 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީ ހަދައި ނިންމައިފި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ބައްޔަށް ޝައްކުވާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިންގެ އިތުރުން ބިދޭސީން ވެސް ވަކި މުއްދަތެއް ވަންދެން ކަރަންޓީން ކުރެ އެވެ. އެހެންވެ، އެފަދަ މީހުން ބޭތިއްބުމަށްޓަކައި ބައެއް ރިސޯޓްތަކާއި ރަށްރަށުގައި ވަނީ ކަރަންޓީން ފެސިލިޓީތައް ގާއިމްކޮށްފަ އެވެ.
ގުޅީފަޅުގައި 665 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ހެދީ އެމްޓީސީސީ އާއި އެމްއެންޑީއެފް ގުޅިގެންނެވެ. އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ އެ މަސައްކަތް ނިންމަން ހޭދަވީ ނުވަ ދުވަސް ކަމަށެވެ.
އޭގެ ފަހުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރަންޓީން ފެލިޓީގެ މަސައްކަތް ނިންމާފައިވާ ކަމަށާއި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކަރަންޓީން ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
The quarantine facility, with a bed capacity of 665, developed at Gulheefalhu by MNDF, in collaboration with MTCC & other agencies, has been completed.Insha Allah, this will enhance the capacity to quarantine high risk persons & control the community spread of COVID19.@NDMAmv pic.twitter.com/kZvAmk4YxD— Chief of Defence Force MG.Abdulla Shamaal (@CDFofMNDF) May 3, 2020
ޝަމާލްގެ ޓްވީޓްކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭއިރު، އޭގެ ތެރެއިން ގިނަ ބަޔަކު އުޅެމުންދަނީ ތޮއްޖެހިގެން ކަމަށްވާތީ މާލޭ ސަރަހައްދުތަކުގައި ތިބި ހުރިހާ ބިދޭސީން ކަރަންޓީން ފެސިލިޓީތަކަށް ގެންދަން އިއްޔެ ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 519 އަށް އަރާފައި ވާއިރު ދިވެހިންގެ އަދަދަކީ 178 އެވެ. ދެން އެންމެންނަކީ ވެސް ބޭރު މީހުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލާދޭޝް މީހުންނެވެ. އެއީ 265 އެވެ.
ގުޅީފަޅުގައި 665 މީހުުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީ ހަދައި ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ