މާލޭ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ޔެލޯ އެލާޓު ނެރެފި އެވެ.
މިއަދު ހެނދުނު 6:30 އިން ފެށިގެން 11:30 އާ ހަމައަށް ޔެލޯ އެލާޓު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެ އެވެ. މިއަދުގެ ފަތިހުން ފެށިގެން މާލެ އަށް ދަނީ ހުއްޓުމެއް ނެތި ވާރޭ ވެހެމުންނެވެ.
ޔެލޯ އެލާޓު ނެރެފައިވާ އޮޅުތައް ފިޔަވައި ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓު ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ