އެންމެ ދެކުނުގެ އައްޑޫ ސިޓީ ހުޅުމީދު ރައްޔިތުން ވެސް އެ ރަށުގައި އެއާޕޯޓަށް އަޅަން ބޭނުންވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގައި މިއަދު ބަހުސް ކުރެވުނު މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ ހުޅުދޫމީދު އަކީ ވަކިން މުޅީން އެކަހެރިކޮށް އޮތް ދެ ރަށް ކަމަށެވެ.
އެހެން ކަމުން އެ ރަށުގެ ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ދުވަހަކަށް ރައްޔިތުން އިންތިޒާރު ކުރާ ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި ހުޅުދޫމީދޫ އާއި ގަމާއި ފޭދޫ އަދި ހިތަދޫއާ ދެމެދު ހުޅުމީދޫގެ ވަރަށް ގިނަ ރައްޔިތުން ކޮންމެ ދުވަހަކުވެސް ދަތުރު ކުރެ އެވެ.
Advertisement
ކަނޑުމަގުން ކުރާ އެ ދަތުރުތަކަށް މޫސުމުގެ ސަަބަބުން ވަރަށް ބޮޑަށް ހުރަސްއެޅި ރައްޔިތުންނަށް ތަކުލީފު އުފުލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ ތަކުލީފުތަކަށް ނިމުން ގެނައުމަށް ހުޅުމީދޫއަށް އެއާޕޯޓަށް ބޭނުންވާ ކަމަށެވެ. ޝާހިދު ވިދާޅުވީ އެކަމަށް ވަކާލާތު ކުރަން ޖެހޭ ކަމަށާ އުންމީދަކީ އެކަން ސަރުކާރުން ކޮށް ދިނުން ކަަމަށެވެ.
ހުޅުމީދު ރައްޔިތުން ވެސް އެ ރަށުގައި އެއާޕޯޓަށް އަޅަން ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވިިއިރު ހިތަދު އާއި ހުޅުމީދުއާ ދެމެދު ބްރިޖެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެފުޅެކެވެ.
ހުޅުދޫމީދޫގެ ރައްޔިތުން އެއާޕޯޓެއް ބޭނުންވޭ، އެއީ ނުވާވަރުގެ ކަމެއް ނޫން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ