ހެންވޭރު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ ހެންވޭރު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ

ހެންވޭރު ގެއެއްގެ ތެެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނުނީ އަބްދުالله މުފީދު، 46، ގ. ލަންކާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ ހެންވޭރުގައި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާހާނާއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑު ފެނުނީ ކޮން ގެއަކުން ކަމެއް، އަދި އެކަމާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ