މައިކްރޯސޮފްޓުގެ މަޝްހޫރު ވީޑިއޯ ގޭމް ސީރީޒް "ގިއަސް އޮފް ވޯ" އޯގަސްޓްމަހު ޕްލޭސްޓޭޝަން ކޮންސޯލްތަކަށް ނެރުމަށް ނިންމައިފިއެވެ.
މި ގޭމް ސީރީޒް ފުރަތަމަ ނެރުނުތާ 20 އަހަރު ވެފައިވާއިރު، އެކްސްބޮކްސް ނޫން އެހެން ކޮންސޯލަކަށް ނެރެން ނިންމާފައިވާ މިއީ ފުރަތަމަ ފަހަރެވެ.
"ގިއާސް އޮފް ވޯ ރީލޯޑެޑް" ގެ ނަމުގައި ނެރޭ މި ގޭމަކީ އޮރިޖިނަލް ގިއާސް އޮފް ވޯ ގޭމުގެ އަޕްޑޭޓް ކުރެވިފައިވާ ވަރޝަނެކެވެ. މީގައި "ގިއާސް އޮފް ވޯ އަލްޓިމޭޓް އެޑިޝަން" ގައި ހުރި ހުރިހާ އިމްޕްރޫވްމަންޓްތަކަކާއި އަދި އިތުރު މޮޑަން ޕަރފޯމަންސް ބޫސްޓްތައް ހިމެނޭނެއެވެ.
މި ގޭމް ނެރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 26 ވަނަ ދުވަހުއެވެ. އަގަކީ 39.99 ޑޮލަރެވެ. މި ގޭމް ހުރިހާ ޕްލެޓްފޯމްތަކަށް ލިބެން ހުންނައިރު، ގޭމް ޕާސް މެދުވެރިކޮށްވެސް ފުރަތަމަ ދުވަހުން ފެށިގެން ކުޅެން ލިބޭނެއެވެ.
އެކްސްބޮކްސް ކުޅޭ ފަރާތްތަކުގެ ތެރެއިން "ގިއާސް އޮފް ވޯ އަލްޓިމޭޓް އެޑިޝަން" ގެ ޑިޖިޓަލް ވަރޝަން ގަނެފައިވާ ފަރާތްތަކަށް "ގިއާސް އޮފް ވޯ ރީލޯޑެޑް" އަށް ހިލޭ އަޕްގްރޭޑް ކުރެވޭނެއެވެ.
މި އައު ވާޝަންގައި 4ކޭ އަދި 120 އެފްޕީއެސް ސަޕޯޓް ހިމެނޭނެއެވެ. އަދި އޮރިޖިނަލް ގޭމުގެ މަލްޓިޕްލެޔާ ސުއިޓްވެސް ހިމެނޭނެއެވެ.
އެޕިކް ގޭމްސްއިން ތައްޔާރުކުރި މި ތާޑް-ޕާސަން ޝޫޓާ ގޭމް ފުރަތަމަ ނެރުނީ 2006 ވަނަ އަހަރު އެކްސްބޮކްސް 360 އަށެވެ. އޭގެ ފަހުން 2015 ގައި "އަލްޓިމޭޓް އެޑިޝަން" ގެ ނަމުގައި އަލުން ނެރުނެވެ.
މައިކްރޯސޮފްޓުން ވަނީ ގިއާސް އޮފް ވޯ ސީރީޒްގެ ދެން އަންނާނެ މައި ގޭމް ޕާޓްގެ މަޢުލޫމާތު ވޭތުވެދިޔަ އަހަރުގެ އެކްސްބޮކްސް ގޭމްސް ޝޯކޭސްގައި ހާމަކޮށްފައެވެ. "އީ-ޑޭ" ގެ ނަމުގައި ނެރޭ މި ގޭމަކީ މާކަސް ފީނިކްސް ބުނެފައިވާ ގޮތުގައި ލޮކަސްޓް އިންވޭޝަންގެ ބިރުވެރިކަން ދައްކުވައިދޭ އޮރިޖިން ސްޓޯރީއެކެވެ.
ޕީޕަލް ކޭން ފްލައި އާ ގުޅިގެން މި ގޭމް ތައްޔާރުކުރާއިރު، މި ޕޯލިޝް ޑިވެލޮޕަރުންނަކީ ގިއާސް އޮފް ވޯ ސީރީޒްގެ ދިގު ތާރީޚެއް އޮތް ފަރާތެކެވެ. އެޕިކް ގޭމްސްގެ މިލްކުވެރިކަމުގެ ދަށުގައި އޮތް އިރު، ގިއާސް އޮފް ވޯ 1-3 އަށް އެހީތެރިވެދީފައިވެެއެވެ. އަދި "ގިއާސް އޮފް ވޯ ޖަޖްމަންޓް" ގެ މައިގަނޑު ޑިވެލޮޕަރުގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ.
މި ބަދަލާއެކު، ގިއާސް އޮފް ވޯގެ ފޭންބޭސް އިތުރަށް ފުޅާވެ، އާ ޕްލެޔަރުންތަކެއް މި ސީރީޒްއަށް އަހުލުވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއީ މައިކްރޯސްރޯސޮފްޓުގެ މަލްޓި-ޕްލެޓްފޯމް ސްޓްރެޓެޖީގެ ބައެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.
ގޭމިންގ އިންޑަސްޓްރީގެ މާހިރުން ދެކޭގޮތުގައި، މި ފިޔަވަޅަކީ ކުރިއަށް އޮތްތަނުގައި އިތުރު އެކްސްބޮކްސް އެކްސްކްލޫސިވް ގޭމްތައް އެހެން ޕްލެޓްފޯމްތަކަށް ނެރުމުގެ ފެށުމެއް ކަމުގައި ވެދާނެއެވެ. މިކަމުން ގޭމް ޑިވެލޮޕަރުންނަށް އިތުރު މާކެޓްތަކަށް ވާސިލުވުމުގެ ފުރުސަތު ލިބި، ގޭމިންގ އިންޑަސްޓްރީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އޮންލައިން ގޭމް "ގިއާސް އޮފް ވޯ" އޯގަސްޓް މަހު ޕްލޭސްޓޭޝަނަށް ނެރެނީ އޮންލައިން ގޭމް "ގިއާސް އޮފް ވޯ" އޯގަސްޓް މަހު ޕްލޭސްޓޭޝަނަށް ނެރެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ